Sunday, February 26, 2012

ވަލީއުލް އަމުރެއްގެ ގޮތުގައި ކުރީން ހުންނެވީ ބުއްދި ހަމަނުޖެހޭ ކުޑަ ކުއްޖެއް



މިއަދު މިރާއްޖޭގައި ދިރިއުޅޭ ތިންލައްކަ ތިރީސްހާހެއްހާ ދިވެހި ރައްޔިތުންގެ ވަލިއްޔުލް އަމުރެއްގެ ގޮތުގައި ކުރިން ހުންނެވީ ހަމަބުއްދި ނުޖެހޭ ކުޑަ ކުއްޖެއްކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވުމުން ބައެއް މީހުންނަށް އެކަން ގަބޫލުކުރަން ތަންކޮޅެއް އުނދަގޫވި ނަމަވެސް މިއަދު އެބުނާ ވަލީއުލްއަމުރު ދައްކަވާ ވާހަކަފުޅުތަކުން ގިނަ ބަޔަކަށް އެކަން ގަބޫލުކުރެވެން ފަށާފައިވާ ކަމަށް ބެލެވެއެވެ.
ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރެސީގެ ފުރިހަމަ ނިޒާމެއްގެ ފޮނިމީރުކަން ހޯދުމަށް ދިވެހީންނަށް ވޯޓު ދެވުނު އެބުނާ ކުއްޖާ މިއަދު ދައްކަވަމުން ގެންދަވާ ވާހަކަތައް ސައްވީސް ގަޑިއިރުން އެބުނާ ވަގުތުކޮޅު ނާންނަ މީހުންނަށް ގަބޫލު ނުކުރެވިގެން އުޅެނީ ހަގީގަތުގައިވެސް ސަބަބުތަކެއް އޮވެގެން ކަމުގައި ގަބޫލުކުރެވެއެވެ. އެބޭފުޅުން އެވިދާޅުވާ ގޮތަށް ހަގީގަތުގައިވެސް މިއަދު ނަޝީދު އެކިފަހަރު އެކި ގޮތަށް ހުންނަވައިގެން ދައްކަވާ ވާހަކަތައް މިހުންނަނީ ހޭނުޖެހޭ ބަސްގަބޫލު ނުކުރާ އަދި މައިންބަފައިންގެ ރަނގަޅު ތަރުބިއްޔަތުން މަހުރޫމްވެފައިވާ ބަސްނާހާ ކުދިން ކަންކުރާ ނުވަތަ އަމަލުކުރާ ބީދައިން ކަމުގައި ގަބޫލުކުރާ ރައްޔިތުން އެބުނާ ވާހަކަތަކަކީ ހަގީގަތެއްކަން ދޭހަވާ އެތައް ކަމެއް މިއަދު ނަޝީދުގެ ފަރާތުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.