މިއަދު މިރާއްޖޭގައި ދިރިއުޅޭ ތިންލައްކަ ތިރީސްހާހެއްހާ
ދިވެހި ރައްޔިތުންގެ ވަލިއްޔުލް
އަމުރެއްގެ ގޮތުގައި ކުރިން ހުންނެވީ ހަމަބުއްދި ނުޖެހޭ ކުޑަ ކުއްޖެއްކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވުމުން
ބައެއް މީހުންނަށް އެކަން ގަބޫލުކުރަން
ތަންކޮޅެއް އުނދަގޫވި ނަމަވެސް މިއަދު އެބުނާ ވަލީއުލްއަމުރު ދައްކަވާ ވާހަކަފުޅުތަކުން ގިނަ ބަޔަކަށް
އެކަން ގަބޫލުކުރެވެން
ފަށާފައިވާ ކަމަށް ބެލެވެއެވެ.
ބާރުތައް ވަކިކުރެވިފައިވާ ޑިމޮކްރެސީގެ ފުރިހަމަ ނިޒާމެއްގެ
ފޮނިމީރުކަން ހޯދުމަށް ދިވެހީންނަށް ވޯޓު
ދެވުނު އެބުނާ ކުއްޖާ މިއަދު ދައްކަވަމުން ގެންދަވާ ވާހަކަތައް ސައްވީސް ގަޑިއިރުން އެބުނާ ވަގުތުކޮޅު ނާންނަ
މީހުންނަށް ގަބޫލު ނުކުރެވިގެން
އުޅެނީ ހަގީގަތުގައިވެސް ސަބަބުތަކެއް އޮވެގެން ކަމުގައި ގަބޫލުކުރެވެއެވެ. އެބޭފުޅުން އެވިދާޅުވާ ގޮތަށް
ހަގީގަތުގައިވެސް މިއަދު ނަޝީދު
އެކިފަހަރު އެކި ގޮތަށް ހުންނަވައިގެން ދައްކަވާ ވާހަކަތައް މިހުންނަނީ ހޭނުޖެހޭ ބަސްގަބޫލު ނުކުރާ އަދި
މައިންބަފައިންގެ ރަނގަޅު
ތަރުބިއްޔަތުން
މަހުރޫމްވެފައިވާ ބަސްނާހާ ކުދިން ކަންކުރާ ނުވަތަ އަމަލުކުރާ ބީދައިން ކަމުގައި ގަބޫލުކުރާ ރައްޔިތުން
އެބުނާ ވާހަކަތަކަކީ ހަގީގަތެއްކަން
ދޭހަވާ އެތައް ކަމެއް މިއަދު ނަޝީދުގެ ފަރާތުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެކިފަހަރު އެކިހާލަތްތަކުގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވާއިރު
އެއިރެއްގައި އެމަނިކުފާނަށް
ގަބޫލުކުރެއްވޭ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ވިދާޅުވަމުން ގެންދަވާއިރު ގައުމުގައި ދެންތިބި
ރައްޔިތުންނަކީ ހަމަބުއްދި
ހުރި
ބައެއްކަމުގައިވެސް ގަބޫލު ނުކުރައްވާ ފަދަ ވާހަކަތައް ދައްކާކަން މިއަދު ރައްޔިތުނ ގަބޫލްކޮއް ވެރިކަމުން
ދުރުކުރަންޖެހުނު ސަބަބުތަށް
ވަރަށް ގިނައެވެ
މިނިވަން މުއައްސަސާ ތަކުން ކުރާކަންކަން ގަބޫލު ނުކުރައްވަން ބޭނުންފުޅުވުމުން އެތަންތަން ކަމުނުދާ
ބީދައިން ޑިމޮކްރެސީގެ ހަމަތަކާއި
އެއްގޮތަށް ބާރުތައް ވަކިކުރެވިފައިވާ ތިންބާރުގެ ތެރެއިން އެމަނިކުފާން ނިސްބަތްވާ ވެރިކަން ހިންގާ ބާރު ފިޔަވައި
އަނެއް ދެބާރާމެދުވެސް
ކަންކުރައްވަމުން ގެންދަވަނީ ހަމަ މިއުސޫލުންކަން މިއަދު ފެންނަމުން މިދާ މަންޒަރުތަކުން ކަށަވަރުވެ ޔަގީންވެއެވެ.
ޑިމޮކްރެސީގެ އުސޫލުން ވަކިކުރެވިފައިވާ ވެރިކަމުގެ ތިންބާރުގެ
ތެރެއިން އެންމެ ފަސޭހަކަމާއެކު
އެމަނިކުފާނަށް ފަތަހަކުރެވުނު ރައްޔިތުންގެ މަޖިލިސް ހަމަ ރަނގަޅަށްވެސް ރިޝްވަތުގެ ފެންގަޑަކުން ފަތަހަ ކުރައްވައި
ފުރިހަމަ ބާރުގެ ދަށަށް ގެނައުމުން
ދެންު އެމަނިކުފާނުގެ އަމާޒު ހިފީ ތިންބާރުގެ ތެރެއިން އެންމެ މުހިންމު ބާރުކަމުގައި ގަބޫލުކުރެވޭ ޝަރުޢީ ނިޒާމު
ފަތަހަކުރުމަށް ކަމަށް ފެންނަމުން
ދިޔަ މަންޒަރުތަކުން ކަށަވަރުވެ ޔަގީންވެއެވެ. ޝަރުޢީ ނިޒާމު އެމަނިކުފާނުގެ ބާރުގެ ދަށަށް ގެންނެވުމުގެ
މަސައްކަތް ފަށްޓަވާފައިވަނީ
ނަޝީދުގެ ސަރުކާރުން ރޯމާ ދުވާލު ހިންގާ ކޮރަޕްޝަންގެ ހުތުރު އަމަލުތައް ޝަރުޢީ ނިޒާމުގެ ތެރެއިން ބަލަން
ފެށުމުން ރައްޔިތުންނަށް
އެކަންކަން ހާމަވަމުން ދިއުމާއި އެމަނިކުފާން ބޭނުންވާ ގޮތަށް ޝަރުޢީ ހުކުމްތައް ލިބިވަޑައި ނުގަންނަވާނެކަން
ކަށަވަރު ވުމުން ކަމުގައި ރައްޔިތުން
ގަބޫލުކުރަން ފެށިއެވެ.
ދަށުކޯޓުތަކަކީ އެމަނިކުފާނު ގަބޫލުކުރައްވާ އަދި ބަލައިގަންނަ
ތަންތަނަށް ނުވެ ދަށުކޯޓުތަކުގެ
ފަނޑިޔާރުންނަކީވެސް ފަނޑިޔާރުން ނޫންކަމަށް ފެނިވަޑައިގަންނަވަން ފެށުމުން ދެން އަމަލު ކުރިގޮތަކީ
ދަށުކޯޓުތައް ފަތަހަކޮށް
ވެރިކަމުގެ ބާރުގެ ދަށަށް ނުވަތަ ނަޝީދުގެ ބާރުގެ ދަށަށް ޝަރުއީ ނިޒާމް ގެންދިއުމެވެ. ޑިމޮކްރެސީގެ އާ އޮނިގަނޑުގެ
ދަށުން ޝަރުޢީ ނިޒާމު އަލުން ބައްޓަން
ކުރެވި 2010 ވަނަ އަހަރުގެ މެދުތެރޭގައި ދަށުކޯޓުތައް އަލުން ތަރުތީބުކޮށް މިއަދާއި ހަމައަށް އެކޯޓުތަކުން ގިނަ
ގުނަ ޝަރުޢީ ހުކުމްތަކެއް
އިއްވައި އެހުކުމްތަކަށް ގިނަބަޔަކު އަމަލުކޮށް އަދި މިހާރުވެސް އަމަލު ކުރަމުން ދާއިރު އެދުވަހުން ފެށިގެން
އެކުލަވާފައިވާ ކޯޓު ތަކުގެ ނިޒާމު
ނަޝީދު ގަބޫލު ނުކުރައްވައި އެކޯޓު ތަކުގެ ހުކުމްތަކަކީ ރަނގަޅު ހުކުމްތަކެއް ނޫންކަމަށް ވިދާޅުވުމަކީ
އަނެއްކާވެސް މުޅި ރާއްޖެއަށް ގާނޫނީ
ހުސްކަމެއް ގެންނަން ކުޜާ ހީލަތްތެރި މަސައްކަތެކެވެ.
2010 ވަނަ އަހަރު
ތަރުތީބުކުރެވުނު ދަށުކޯޓުތަކާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އެފަނޑިޔާރުން ކުރައްވާފައިވާ ހުކުމްތައް ގައުމުގެ
ނަޝީދު ގަބޫލުނުކުރައްވާ
ކަމަށް ވިދާޅުވުމަކީ
އެހާހިސާބުން ފެށިގެން ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކުގެ ސައްޙަކަމާއި މެދުވެސް ސުވާލު އުފެދިދާނެ
ޖާގައޮތްކަމެއް ކަމުގައި ގާނޫނީ
މާހިރުން ވިދާޅުވެއެވެ. އެހެން ކަމަށްވާނަމަ އެދުވަހުން ފެށިގެން ދަށުކޯޓުތަކުން ކޮށްދީފައިވާ މީހުންގެ
ވަރިކައިވެނީގެ ސައްހަކަމާއި ގޯތި
ގެދޮރާއި މުދާ ބެހުމުގެ ހުކުމްތަކުގެ ޞައްހަކަމާއި ބޮޑެތި ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން ދަށުކޯޓުތަކުން
ކޮށްފައިވާ ހުކުމްތަކުގެ
ޞައްހަކަމާއި ބޮޑެތި ޖަރީމާތައް ކޮށްފައިވާ މީހުންނާމެދު ކޯޓުތަކުން ނެރެ އަމަލުކޮށްފައިވާ ހުކުމްތައް
ސައްހަވުމާއިމެދު މިއަދު
މިވަނީ ސުވާލު
އުފެދިފައެވެ.
ގައުމުގެ ގާނޫނު އަސާސީއާއި ގާނޫނުތައް ދަމަހައްޓައި ނަގަހައްޓައި
ހިމާޔަތްކުރުމަށް ހުވާކުރައްވައިގެން
ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ ޝަރުޢީ ނިޒާމުގެ ދަށުމަރުހަލާގެ ހުކުމްތައް ގަބޫލުނުކުރައްވާ
ކަމަށް ވިދާޅުވެ އަދި އެހުކުމްތަކާއި
އެއްގޮތަށް އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވެ މުޅި ގައުމު ޝަރުޢީ ގޮތުން ހުސްކަމެއްގެ ތެރެއަށް
ވައްޓަވާލެއްވިއިރު ޝަރުޢީ
ދާއިރާގެ އެންމެ މަތީ
ކޯޓުންވަނީ ދަށު ކޯތުތަކުގައި ތިއްބެވި ފަޑިޔާރުންނަކީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް އިންތިހާބުވެފައިވާ ފަޑިޔާރުންކަން ޔަގީންކޮއް ބަޔާނެއްވެސް
ނެރެފައެވެ.ނަމަވެސް އެކަންވެސް
ކުރީގެ ނަޝީދު
ގަބޫލެއްނުކުރިއެވެ
ގައުމުގައި ޝަރުޢީ ގޮތުން ބަސްކިޔާ އެންމެ މަތީ، ސްޕްރީމް
ކޯޓުގައި ތަޅުއަޅުވައި ސްޕްރީމް
ކޯޓުދޮށުގައި މުޒާހަރާކޮށް އެކޯޓުގެ ހުރުމަތް ކަނޑާލުމުންވެސް އެކޯޓު ހަނުހިމޭނުން އޮތްނަމަވެސް އެންމެހާ
ރައްޔިތުންނާއި ގައުމުގެ
މަސްލަހަތާއި ގުޅުންހުރި
މިކަމުގައި އެކޯޓުން ބަހެއް ނުކިޔައި ގޮތެއް ނުނިންމިނަމަ މާދަމާ މިގައުމުގެ ހާލަތަށް އަތުވެދާނެ
ބިރުވެރި ދުވަސްތަކާއިމެދު
ފިކުރު ހިންގުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކުމެ މިއަދު ކުރަންޖެހިފައިވާ ކަމެއްކަމުގައި ގަބޫލުކުރެވެއެވެ.
ކުރީގެ ނަޝީދު މިހާރު އަމަލުކުރަމުންދަނީ
މިގައުމުގެ ގާނޫނު އަސާސީއަށްތޯ ނުވަތަ އިގިރޭސިވިލާތުގެ ގާޏުނޫއަސީއަށްތޯ މިއަދު ދިވެހި ރައްޔިތުން ސުއާލް ކުރަން ވެއްޖެކަމަށް ގަބޫލު ކުރެވެއެވެ.

No comments:
Post a Comment